Fading Shadow – Telegram
Fading Shadow
1.12K subscribers
2.97K photos
492 videos
175 files
691 links
𝙄𝙣 𝘼 𝙒𝙤𝙧𝙡𝙙 𝙏𝙝𝙖𝙩 𝙒𝙞𝙡𝙡 𝙑𝙖𝙣𝙞𝙨𝙝, 𝙁𝙖𝙡𝙡𝙞𝙣𝙜 𝙄𝙣 𝙇𝙤𝙫𝙚 𝙒𝙞𝙩𝙝 𝘼 𝙁𝙖𝙙𝙞𝙣𝙜 𝙎𝙝𝙖𝙙𝙤𝙬 𝙄𝙨 𝙎𝙝𝙚𝙚𝙧 𝙎𝙩𝙪𝙥𝙞𝙙𝙞𝙩𝙮 ~
Download Telegram


ޝެއިޚް ޢަބްދު الله އައްސަޢްދު ވިދާޅުވި އެވެ:

"ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުމަށް ވާ ރިވާޔަތަކީ ހުޝައިމް ފަރާތުން އައިސްފައިވާ ރިވާޔަތެކެވެ.

އަދި ސުފްޔާން އާއި ޝުޢްބާ އަރިހުން "ހުކުރު ދުވަސް" ކަމަށް ނަން ނުގެނެވި އައިސްފައި ވެއެވެ. މި އިތުރުވެފައިވާ ތަން ކޮޅު (ހުކުރު ދުވަސް ކަމަށް ބުނެވުން) މީގައި (ރިވާޔަތުގައި) ބަލިކަށި ކަމެއް ވެއެވެ. އަދި ގިނަ ބައިގަނޑު ރިވާ ކުރި ގޮތް (ހުކުރު ދުވަހަށް ޚާއްސަ ނުކޮށް) މިއީ ބޮޑަށް ޞައްޙަ ގޮތެވެ.

އެހެނަސް ބަޔެއް މީހުންނަށް، މިކަން އެންގުމުން ކަހްފު ސޫރަތް ކިޔެވުން ދޫކޮއްލައި، ހުކުރު ދުވަހަކުވެސް ނޫނީ އެނޫން ދުވަހަކުވެސް އެކިޔެވުމަށް ނޫޅެ އެވެ. އަދި ފަހެ، ހުކުރު ދުވަހު އެ ކިޔެވުމުގައި މައްސަލަޔެއް ނެތެވެ. އެއީ ދެ ހެޔޮކަން އޭގައި އެއްކުރާ ގޮތުގަ އެވެ.

~ ގަލަންދާނު
4
This media is not supported in your browser
VIEW IN TELEGRAM
Forwarded from Fading Shadow
This media is not supported in your browser
VIEW IN TELEGRAM
اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ❁ اللَّهُمَّ بَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا بَارَكْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ


#Friday #Sunnah #Reminder 🌼🌊

@FadingShadow
Forwarded from Fading Shadow
Last minutes of asr 🦋
#DuaReminder

Some Supplications (mainly for self)

https://justpaste.it/SomeSupplications

◽️Some supplications against Enemies

https://justpaste.it/DuaEnemies

◽️Some supplications for the Ummah:

https://justpaste.it/Supplications4Ummah

#Shared
This media is not supported in your browser
VIEW IN TELEGRAM
It was narrated that Abu Hurairah said:
"The Messenger of Allah said: 'When Allah wills good for a person, He causes him to understand the religion.'"

- Sunan Ibn Majah 220 -
4
This media is not supported in your browser
VIEW IN TELEGRAM
📌ސަބަބަކާ ނުލައި ވަރިޔަށް އެދުމާއި ދެމަފިރިން ދެމެދަށް ވަނުމުގެ ނުބައިކަަން

— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު
🔻🔻


• ޙަދީޘް 1
ثوبان أن النبي ﷺ قال: أَيُّمَا امْرَأَة سَأَلتْ زَوْجهَا طَلاقًا في غَيْر مَا بَأْس فَحَرامٌ عَليْهَا رَائِحَةُ الجَنَّة.

ޘަޥްބާން رضي الله عنه އަރިހުން، ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އެއްވެސް ތުރައަކާ ނުލައި އޭނާގެ ފިރިމީހާގެ ކިބައިން ވަރިއަށްއެދޭ އަންހެނެއްގެ މައްޗަށް ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.“

ރިވާކުރެއްވީ الخمسة ⁽¹⁾ އެހެނަސް އައްނަސާއީ ފިޔަވައެވެ. އެއީ ޙައްމާދު، ޢައްޔޫބު އަރިހުން، އަބޫ ޤިލާބާ އަރިހުން، އަބީ އަސްމާއު އަރިހުން، މިގޮތަށެވެ.

އަދި އޭގެ ސަނަދު ޞައްޙަ އެވެ. ރާވީންތައް ޘިއްޤާ އެވެ. (އިތުބާރުގެ ރާވީންނެވެ.) ޙުއްފާޡުން (ޙަދީޘް ޢިލްމުގެ އިހުގެ އިމާމުން) އެއަށް ރުއްސެވިއެވެ. އަދި މިރިވާޔަތް ވަނީ ޢަބޫ ދާވޫދު އާއި އިބްނު ޖާރޫދު އާއި އިބްނު ޙިއްބާން ޞައްޙަ ކުރައްވާފައެވެ.⁽²⁾

އަދި އައްތިރުމިޛީ ގައިވާ ރިވާޔަތެއްގައި، އެއީ ވެސް ޘަޥްބާން އަރިހުން، އައިސްފައިވެއެވެ: «الْمُخْتلِعَاتُ هُنَّ الْمُنَافِقَات» ”ޚުލްޢަ ކުރާ އަންހެނުންނަކީ މުނާފިޤުންނެވެ.“ އަބޫ އީސާ (އައްތިރުމިޛީ) މިރިވާޔަތް ޟަޢީފު ކުރެއްވިއެވެ. މިހެން ވިދާޅުވެއެވެ: ”މި ބީދާއިން މިޙަދީޘްް ޣަރީބު އެެވެ. އަދި އޭގެ ސަނަދު ވަރުގަދަކޮށެއް ނުވެއެވެ.“ އަދި ވިދާޅުވިއެވެ: ”އެކަލޭގެފާނު — އެބަހީ އަލްބުޚާރީ — އަރިހު އެއާއިމެދު އަހަރެން ސުވާލު ދެންނެވީމެވެ. އަދި އެކަލޭގެފާނަށް އެ އެނގިނުލައްވައެވެ.“ އަދި އަލްބައްޒާރު ވެސް އެ ބަލިކަށި ކުރެއްވިއެވެ.

އަދި މިޙަދީޘް، އަބޫ ހުރައިރާ رضي الله عنه އަރިހުން އަލްޙަސަން (އަލްބަޞްރީ) ރިވާކުރެއްވި ގޮތުގައި އައިސްފައި ވެއެެވެ. އެހެނަސް އަލްޙަސަން އަބޫ ހުރައިރާ އަރިހުން (ރިވާޔަތްތައް) އަޑުއައްސަވައި ނުލައްވައެވެެ.

އަދި (ޝަރުޢީ) ސަބަބަކާއި ނުލައި އެކަނބުލޭގެ ފިރިމީހާގެ އެހެން އަންބެއް ވަރި ކުރުމަށް އެދިއްޖެ މީހާ، ޘަޥްބާން ގެ މިޙަދީޘުގައިވާ ވަޢީދުގެ ތެރެއަށް ވަދެދާނޭ ކަމާއި މެދު އަހަރެން ބިރުވެތިވަމެވެ.


• ޙަދީޘް 2
‏އަދި އަބޫ ހުރައިރާ އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ: لَا يَحِل لِامْرأَة
تَسأَل طلاق أُختها، لِتسْتفرِغَ صَحْفتهَا، فإِنما لها مَا قُدر لها. ”އަންހެނަކު ކާތަށި ހުސްކޮށް ބޭއްވުމަށް (އެބަހީ: ފިރިހެެންމީހާގެ މުދާ އެއްކޮށް ހޯދުމަށް) އެދި، އެކަނބުލޭގެ އުޚްތާ ވަރިކުރުމަށް އެދި ބުނުން ހުއްދަވެގެން ނުވެއެވެ. ފަހެ ހަމަކަށަވަރުން ޤަދަރުގައި އޭނާ އަށް ލިޔެވިގެންވާއެއްޗެއް އޭނާއަށް (ގައިމުވެސް) ވެއެވެ.“ ދެބޭކަލުން އިއްތިފާޤުވެލެއްވި. (އަލްބުޚާރީ އާއި މުސްލިމް).

އެދެރިވާޔަތުގައި ވެސް ވަނީ: ”އަންހެނަކު... އެކަނބުލޭގެ އުޚްތާ ވަރިކުރުމަށް އެދި ބުނުން ހުއްދަވެގެން ނުވެއެވެ.“ މިހެންނެވެ.

އަދި މުސްލިމް ގެ ރިވާޔަތުގައި: فَإِنَّ الله رَازِقُهَا ”އެހެނީ ހަމަކަށަވަރުން އެކަނބުލޭގެ އަށް ރިޒްޤު ދެއްވާ ފަރާތަކީ ﷲ އެވެ.“

އަދި މީގެެ މުރާދަކީ: ކައިވެނި ކުރާ އަންހެނާ ފިރިމީހާ އިނދެގެން ހުރި އަންހެނުން ވަރި ކުރުމަށް ނުބުނުމެވެ.

އަދި "އުޚްތު" ގެ މުރާދަކީ ދީނުގައި އުޚްތެވެ.



----------------------------
‏[1] الخمسة: "ފަސް ބޭކަލުން" ނޭ ޙަދީޘް ޢިލްމުގައި ބުނެވޭނީ، 4 ސުނަން ފޮތް (ސުނަން އަބޫ ދާވޫދު، ސުނަން އައްތިރުމިޛީ، ސުނަން އައްނަސާއީ، ސުނަން އިބްނު މާޖާ) އާއި މުސްނަދް އަޙްމަދު — މިފަސް ޙަދީޘް މަޞްދަރަށެވެ.
[2] އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު ވިދާޅުވިއެެވެ: ”ޘަޥްބާން رضي الله عنه ގެ މިޙަދީޘް، ގެ ސަނަދަށް އަތްފުނާއަޅައި އަހަރެން ބެލީމެެވެ. އަދި (އޭގެ ޙުކުމާއި މެދު) ވަރަށް ބޮޑަށް އޮޅުން އެރިއެވެ... އަދި އެހާވައި، ބަލާހޯދުމަށް ފަަހު، ﷲ ޙަޟުރަތުން އެކަމުގައި އިސްތިޚާރާ ވެސް ކުރީމެވެ. ދެން އޭގެ މައްޗަށް ޞައްޙަ ކަމުގެ ޙުކުމް ކަނޑައެޅީމެވެ.“
👍1
• ޙަދީޘް 3
އަދި އަބޫ ހުރައިރާ އަރިހުން، ވިދާޅުވިއޭ: ރަސޫލު ﷲ ﷺ ޙަދީޘް ކުރެއްވިއެވެ: لَيْسَ مِنَّا مَنْ خَبَّبَ امْرَأَةً عَلَى زَوْجِهَا أَوْ عَبْدًا عَلَى سَيِّدِهِ. ”އަންހެނެއް އޭނާގެ ފިރިމީހާ އާއި ދެކޮޅުވެރި ކުރުވާ މީހަކީ އަހަރެމެން ގެ ތެރެއިން ވާ މީހެއް ނޫނެވެ. ނުވަތަ އަޅެއް އޭނާގެ ޞާޙިބުވެރިޔާ އާއި ދެކޮޅުވެރި ކުރުވާ މީހަކީވެސް މެއެވެ.“ — ރިވާކުރެއްވީ، އަބޫ ދާވޫދު އަދި އައްނަސާއީ ވަރުގަދަ ސަނަދަކުންނެވެ.

خَبَّبَ : އެބަހީ: ފަސާދަ ކުރުވުމާއި ކެހިވެރި ކުރުވުމެވެ. އަދި އެބަހުގެ އަޞްލަކީ الخَبّ އެވެ. އެއީ الخِدَاع އެެވެ. އޮޅުވައިލުމާއި ކެހިވެރި ކަމެވެ.

އަދި މީގެެ މުރާދަކީ: (އެމަގުސަދުގައި) އެކަނބުލޭގެ ފިރިމީހާގެ ކުށް ތައް ޛިކުރު ކުރުމެވެ. ނުވަތަ ބީރައްޓެއްސެއްގެެ ހެޔޮތަކެވެ.

އަދި މިޙަދީޘް مَلْعُونٌ (ލައުނަތް ލިބިގެންވާ މީހުންނޭ) އަދި لَعَنَ مَنْ خَبَّبَ امْرَأَةً عَلَى زَوْجِهَا ”އޭނާގެ ފިރިމީހާ އާއި ދެކޮޅުވެރި ކުރުވާ މީހަކަށް ލަޢުނަތް ވެޔޭ“ މިދެގޮތަށް ވެސް ވާރިދުވެފައި ވެއެވެ.. އަދި އަސާސީ ފޮތްތަކުގައި މީގެ އަޞްލެއް ނުވެއެވެ. އެ ރިވާކުރެއްވީ އަލްޙާފިޡު އައްޛަހަބީ އެކަލޭގެފާނުގެ ފޮތް "އަލްކަބާއިރު" ގައެވެ. ސަނަދަކާއި ނުލައްވައެވެ.

އަދި އިހުބަޔާން ކުރެެވުނު (މިޙަދީޘް ގެެ އަޞްލު) ޢަބޫ ދާވޫދާއި އައްނަސާއި އަދި އެނޫން ބަލޭކަލުން އަރިހުން (ރިވާވެ) ޞައްޙަވެގެން ވެއެވެ.


• ޙަދީޘް 4
ޖާބިރު އަރިހުން، ނަބިއްޔު ﷺ ޙަދީޘް ކުރެއްވިޔޭ:

إن إبْليِس يَضعُ عرْشه على الماء، ثم يبعث سَراياهُ، فأدناهم منه منزلة أعظمهم فتْنة، يَجيءُ أحدهم فيقول: فعلت كذا وكذا، فيقول: ما صنعت شيئًا، قال: ثم يَجيء أحدهم فيقول: مَا تركته حتى فَرقتُ بينه وبين امْرأته، قال: فَيُدنيهِ منهُ ويقول: نِعْمَ أنت.

”ހަމަކަށަވަރުން އިބިލީސް އޭނާގެ ތަހުތު ފެނުގެ މަތީގައި ބަހައްޓައެވެ. އެއަށްފަހު އޭނާގެ އައުވާނުން (މީސްތަކުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް) ފޮނުވައެވެ. ފަހެ، އޭގެތެރެއިން އިބިލީހާއި އެންމެ އަރިސް އެއްޗަކީ އެންމެ ފިތުނަބޮޑުމީހާއެވެ. އޭގެތެރެއިން އެއްޗެއް އައިސް ބުނެއެވެ. ”ތިމަންނަ އެވެނި މިވެނި ކަމެއް ކުރީމެވެ.“ ދެން އިބިލީސް ބުނެއެވެ. ”ކަލެއަކަށް ކަމެއް ނުވިއެވެ.“ ރަސޫލު ﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”އެއަށްފަހު އަނެއްކާވެސް އޭގެތެރެއިން އެއްޗެއް އައިސް ބުނެއެވެ: ”ތިމަންނާ މީހަކު އޭނާގެ (އަނބީހާއާއި ދޭތެރޭ ފިތުނަ އުފައްދައި އޭނާއާއި އޭނާގެ) އަނބިމީހާއާ ވަކިކޮށްފައި މެނުވީ އޭނަ ދޫނުކުރަމެވެ.“ ދެން އިބިލީސް އޭތީގެ ގާތަށް ގޮސް ބުނެއެވެ. ”ކަލޭގެ މޮޅުކަމާއެވެ!“ ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: ”ދެން އިބިލީސް އޭނާ އަރިސްކުރެއެވެ.“ — ރިވާކުރެއްވީ މުސްލިމް.


— އައްޝެއިޚް އަލްމުޙައްދިޘް ޢަބްދުލް ޢަޒީޒް އަލްޚުޟައިރު (ޓުވިޓަރ ތެރެޑް)

~ ގަލަންދާނު
ފައިދާއެއް:

އަލްއަޙްވަޛީ ވިދާޅުވިއެވެ: «ސުވަރުގޭގެ ވަސް ޙަރާމްވެގެންވެއެވެ.» އެބަހީ: އޭނާގެ މައްޗަށް އެ މަނައު ވެެގެން ވުމެވެ. އަދި މި އިބާރާތަކީ ވަޢީދެއް ގޮތުގައި ބުނެވޭ އިބާރާތެކެވެ. އަދި އިންޒާރުގެ ބޮޑުކަން ހާމަކުރުމަށެވެ. ނުވަތަ މިކަން ވުންް ވަނީ އޭގެ ދަނޑިވަޅު ނޫން ދަނޑިވަޅެއްގައި ކަމެވެ. އެބަހީ، މުޙުސިނުތަކުންނަށް ޖަންނަތުގެ ވަސް ދުވާ ފުރަަތަމަ ދަނޑިވަޅުގައި އޭނާ އަށް އެވަސް ނުދުވުމެވެ. ނުވަތަ އަޞްލަށް ވެސް ނުދުވުމެވެ. އަދި މިއީ މިއިންޒާރުގެ ބޮޑުކަން ހާމަކުރުމުގެ ގޮތުންނެވެ. އަދި މިއާ އެއްފަދަ ޤަޥްލުރަތައް ބައިވަރެެވެ. އަލްޤާޟީ ވިދާޅުވިއެވެ: އަލްޤާރީ ވިދާޅުވިއެވެ: އަދި ޖަންނަތަށް ވަދެވުނަސް އޭގެ ވަހުގެ ލައްޒަތުން އެކަނބުލޭގެ މަޙުރޫމު ވުން އަޖައިބުވަނިވިއެއް ނޫނެވެ. انتهى. (ތުޙްފަތުލް އަޙްވަޛީ 4/367 ، ދާރުލް ފިކްރުގެ ޗާޕް)


އަދި البأس އާއި މެދު ވިދާޅުވިއެވެ: (من غير بأس) ”އެއްވެސް ތުރައެއް ނެތި“ އެބަހީ: ވަކިވާން އެދެންޖެހުމަށް ދާންޖެހޭ، ވަރުގަދަ މަޖުބޫރިއްޔަތެއް އެކަނބުލޭގެއަށް ނެތް ޙާލުގައެވެ. اهـ (ތުޙްފަތުލް އަޙްވަޛީ 4/366 ، ދާރުލް ފިކްރުގެ ޗާޕް)


~ ގަލަންދާނު
This media is not supported in your browser
VIEW IN TELEGRAM
اللّهُمَّ صَيِّباً نَافِعاً 🌧
This media is not supported in your browser
VIEW IN TELEGRAM
اللَّهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ❁ اللَّهُمَّ بَارِكْ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ كَمَا بَارَكْتَ عَلَىٰ إِبْرَاهِيمَ وَعَلَىٰ آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ


#Friday #Sunnah #Reminder 🌼🌊

@FadingShadow
This media is not supported in your browser
VIEW IN TELEGRAM
Forwarded from Haqq Hurts Hypocrites
Media is too big
VIEW IN TELEGRAM
Taking ‘Ilm From Deviants

“Even if they may have at times some Haqq, they still should be shunned.”

— Ash-Shaykh al-Imām Ahmad Musa Jibril (حفظه الله تعالى)

🔗 Full lecture: https://youtu.be/qPoHmg69KEQ
This media is not supported in your browser
VIEW IN TELEGRAM
Forwarded from Fading Shadow
Last minutes of asr 🦋
#DuaReminder

Some Supplications (mainly for self)

https://justpaste.it/SomeSupplications

◽️Some supplications against Enemies

https://justpaste.it/DuaEnemies

◽️Some supplications for the Ummah:

https://justpaste.it/Supplications4Ummah

#Shared
This media is not supported in your browser
VIEW IN TELEGRAM
Forwarded from Project Guiding Light
السلام عليكم ورحمة الله وبركاته

My daughter has come down with a high fever, Alhamdulillah.

I request that you keep her and the Muslims in your Duā’.

وجزاكم الله خير الجزاء وبارك فيكم
This media is not supported in your browser
VIEW IN TELEGRAM